"ފިކުރު" ހޮޅުއަށީގެ ފުރަތަމަ މެހެމާނެއްގެ ގޮތުން ކިއުންތެރިންނަށް މި ހުށަހަޅާލަނީ ރާއްޖޭގެ އެންމެ ވަރުގަދަ އެއް ލީޑަރ ޑރ.މުޙައްމަދު ޖަމީލް އަހްމަދެވެ. 13 އޮކްޓޯބަރު 1969 ގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ޑރ.މުޙައްމަދު ޖަމީލް އަޙްމަދު އަކީ ތަޢްލީމީރޮގުން ރާއްޖޭގެ އެންމެ މަތީ ފަންތީގައި ގުނާލެވޭ ޢިލްމީ ބޭފުޅެކެވެ. ޕާކިސްތާނުގައި ގާނޫނީ ދާއިރާއިން ބެޗެލަރސް ޑިގްރީ ހާސިލުކުރެއްވުމަށްފަހު މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ އިން ކޮމްޕެރޭޓިވް ލޯއިން މާސްޓަރ ޑިގްރީ ވަނީ ހާސިލުކުރައްވާފައެވެ. އަދި ޔުނިވަސިޓީ އޮފް ލަންޑަންގެ ސުކޫލް އޮފް އެފްރިކަން އޮރިއެންޓަލް ސްޓަޑީސްއިން ވަނީ ކްރިމިނަލް ޖަސްޓިސްއިން ޕީއެޗްޑީ ހާސިލުކުރައްވާފައެވެ.
އެޓާނީޖެނެރަލް އޮފީހުގެ ސްޓޭޓް އެޓާނީ އެއްގެ ވަޒީފާއިން ފެށިގެން ދިވެހިރާއްގޭގެ ޝަރުޢީ ދާއިރާގައި 5 ވަރަކަށް އަހަރު ޚިދުމަތްކުރެއްވި ޑރ.މުޙައްމަދު ޖަމީލް އަޙްމަދުވަނީ ޖުލައި 2005 އިން އޯގަސްޓް 2007 އަށް ޖަސްޓިސް މިނިސްޓަރުކަން ކުރައްވާފައެވެ. ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގައި ނިޔާ ކަނޑައެޅުމުގެ ފުރުޞަތު އަންހެން ބޭފުޅުންނަށް ލިބިގެން ދިޔައީ ވެސް ޑރ.ޖަމީލްގެ ވަޒީރުކަމުގައެވެ. 12 ނޮވެމްބަރު 2008 އިން 30 މެއި 2009 އަށް މިނިސްޓަރ އޮފް ސިވިލްއޭވިއޭޝަން އެންޑް ކޮމިއުނިކޭޝަންގެ މަގާމު ފުރުއްވި ޑރ.ޖަމީލްވަނީ 8 ފެބްރުވަރީ 2012 އިން 11 މެއި 2013 އަށް ދާޚިލީ ވަޒީރުކަން ވެސް ކުރައްވާފައެވެ.
ފުވައްމުލަކަށް އުފަން ޑރ.ޖަމީލަކީ ކުޅަދާނަ ވާހަކަ ދެއްކުންތެރިއެކެވެ. ހަރުދަނާ ލީޑަރެކެވެ. ކެތްތެރިކަމާއި ހިކުމަތްތެރިކަމާއެކު ކަންކަން ކުރައްވާ ރޭވުންތެރި ލީޑަރެކެވެ. 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ރައްޔިތުންގެ މާބޮޑު މަގުބޫލުކަމެއްނެތް ބޭފުޅަކު ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ގޮވައިގެން ނިކުންނަވައި އެބޭފުޅާގެ ރަނިންމޭޓެއްގެ ހައިސިއްޔަތުން ކުރެއްވި މިންނެތް މަސައްކަތުން އެފަހަރުގެ އިންތިޚާބު ކާމިޔާބު ކުރެއްވިއެވެ. ތުރާކުނުން ފެށިގެން އައްޑޫގެ ނިޔަލަށް ހުރިހާރަށަކަށް ވަޑައިގެން ކުރެއްވި ބުރަމަސައްކަތުން ގެނެވުނު ވެރިކަމުގެ ނައިބު ރައީސްގެ މަގާމުގައި ޑރ.ޖަމީލަށް ހުންނެވުނީ 17 ނޮވެމްބަރު 2013 އިން 22 ޖުލައި 2015 އަށެވެ.
ކާންދިން އަތުގައި ދަތްއަޅާ އުސޫލުން، ނައިބު ރައީސްކަން، އޭރުގެ ރައީސް ފޭރިގަތުމުން އެކަމުގެ ބަދަލު ހިއްޕެވުމުގައި ޑރ.ޖަމީލް އަމަލު ކުރެއްވި ހިކުމަތްތެރި ގޮތަކީ ރާއްޖޭގެ އެހެން ލީޑަރުންނަށް ނަމޫނާއެކެވެ. ލަންޑަނުގައި ދިރިއުޅުއްވަމުން، ދިވެހިރާއްޖޭގެ އޭރުގެ އިދިކޮޅު ސިޔާސީ ހަރަކާތާ ގުޅިވަޑައިގެންނެވިއެވެ. އަދި ޑރ.ޖަމީލްގެ ބުރަ މަސައްކަތުން ރައީސްކަމަށް ގެންނެވި ޔާމީން ޢަބްދުލްޤައްޔޫމާއި ދެކޮޅަށް މަސައްކަތް ފެއްޓެވިއެވެ. ތަފާތު ފޯރަމްތަކުގައި އަޑު އުފުއްލަވަމުން ގެންދެވިއެވެ. އިދިކޮޅު ކޯލިޝަންގެ ލީޑަރެއްގެ ހައިސިއްޔަތުންނެވެ. ރައީސް ޔާމީންގެ ވެރިކަން ނިމުމާއެކު ރާއްޖެ ވަޑައިގެން، ލިބިލެއްވި އަނިޔާގެ ބަދަލު ހިއްޕެވުމުގެ އަމަލީ މަސައްކަތް ފެއްޓެވިއެވެ. ފިސާރި ހިކުމަތްތެރިކަމާއި ރޭވުންތެރި ކަމާއެކުގައެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ރައީސް ޔާމީންގެ މައްޗަށް ދައުވާކޮށް ޝަރީއަތް ހިންގަން ފެށުމުން ރައީސް ޔާމީންގެ ވަކީލުންގެ ޓީމާއި ގުޅިވަޑައިގެން، ގާނޫނީ ޓީމްގެ އިސްބޭފުޅެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ފެއްޓެވިއެވެ. މުޅި ޝަރީއަތް، އެ މަނިކުފާނު ބޭނުންފުޅު ގޮތައް ގެންދެވިއެވެ. ނަތީޖާއެއްގެ ގޮތުން ރައީސް ޔާމީން ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގަތެވެ. ރައީސް ޔާމީންގެ މައްސަލައިގެ އިސްތިއުނާފީ މަރުހަލާގެ ހުރިހާކަމެއްގައި ރައީސް ޔާމީންގެ ވަކީލުންގެ ފަރާތުން އެންމެ ފަހުބަސް ވިދާޅުވާ ބޭފުޅަކަށް ހުންނެވީވެސް ޑރ.ޖަމީލެވެ. ރައީސް ސޞާލިހުގެ ވެރިކަމާދެކޮޅަށް ރައްޔިތުން ކެކިއަރަން ފެށުމުގެ ނަތީޖާއެއްގެ ގޮތުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު، ރައީސް ޔާމީންގެ ޕީޕީއެމް، ޕީއެންސީން ކާމިޔާބު ކުރެއްވި ހިސާބުން ވެސް ޑރ.ޖަމީލް ގެންދެވީ ސިޔާސީ ބަދަލު ހިއްޕެވުމުގައި ކުޅިފަސް ހޯއްދަވަމުންނެވެ.
ކާންދިން އަތުގައި ދަތްއަޅާ އުސޫލުން، ނައިބު ރައީސްކަން، އޭރުގެ ރައީސް ފޭރިގަތުމުން އެކަމުގެ ބަދަލު ހިއްޕެވުމުގައި ޑރ.ޖަމީލް އަމަލު ކުރެއްވި ހިކުމަތްތެރި ގޮތަކީ ރާއްޖޭގެ އެހެން ލީޑަރުންނަށް ނަމޫނާއެކެވެ. ލަންޑަނުގައި ދިރިއުޅުއްވަމުން، ދިވެހިރާއްޖޭގެ އޭރުގެ އިދިކޮޅު ސިޔާސީ ހަރަކާތާ ގުޅިވަޑައިގެންނެވިއެވެ. އަދި ޑރ.ޖަމީލްގެ ބުރަ މަސައްކަތުން ރައީސްކަމަށް ގެންނެވި ޔާމީން ޢަބްދުލްޤައްޔޫމާއި ދެކޮޅަށް މަސައްކަތް ފެއްޓެވިއެވެ. ތަފާތު ފޯރަމްތަކުގައި އަޑު އުފުއްލަވަމުން ގެންދެވިއެވެ. އިދިކޮޅު ކޯލިޝަންގެ ލީޑަރެއްގެ ހައިސިއްޔަތުންނެވެ. ރައީސް ޔާމީންގެ ވެރިކަން ނިމުމާއެކު ރާއްޖެ ވަޑައިގެން، ލިބިލެއްވި އަނިޔާގެ ބަދަލު ހިއްޕެވުމުގެ އަމަލީ މަސައްކަތް ފެއްޓެވިއެވެ. ފިސާރި ހިކުމަތްތެރިކަމާއި ރޭވުންތެރި ކަމާއެކުގައެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ރައީސް ޔާމީންގެ މައްޗަށް ދައުވާކޮށް ޝަރީއަތް ހިންގަން ފެށުމުން ރައީސް ޔާމީންގެ ވަކީލުންގެ ޓީމާއި ގުޅިވަޑައިގެން، ގާނޫނީ ޓީމްގެ އިސްބޭފުޅެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ފެއްޓެވިއެވެ. މުޅި ޝަރީއަތް، އެ މަނިކުފާނު ބޭނުންފުޅު ގޮތައް ގެންދެވިއެވެ. ނަތީޖާއެއްގެ ގޮތުން ރައީސް ޔާމީން ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގަތެވެ. ރައީސް ޔާމީންގެ މައްސަލައިގެ އިސްތިއުނާފީ މަރުހަލާގެ ހުރިހާކަމެއްގައި ރައީސް ޔާމީންގެ ވަކީލުންގެ ފަރާތުން އެންމެ ފަހުބަސް ވިދާޅުވާ ބޭފުޅަކަށް ހުންނެވީވެސް ޑރ.ޖަމީލެވެ.
ރައީސް ޞާލިހުގެ ވެރިކަމާދެކޮޅަށް ރައްޔިތުން ކެކިއަރަން ފެށުމުގެ ނަތީޖާއެއްގެ ގޮތުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު، ރައީސް ޔާމީންގެ ޕީޕީއެމް، ޕީއެންސީން ކާމިޔާބު ކުރެއްވި ހިސާބުން ވެސް ޑރ.ޖަމީލް ގެންދެވީ ސިޔާސީ ބަދަލު ހިއްޕެވުމުގައި ކުޅިފަސް ހޯއްދަވަމުންނެވެ. ރައީސް ޑޮކްޓަރ މުޢިއްޒުގެ ވެރިކަމުގައި ރައީސް ޔާމީންއަށް ފަހި ގޮތްތަކެއްވެ، އަނެއްކާވެސް ސިޔާސީ މައިދާނުގައި ބަސްފުޅު ވިދާޅުވެވޭ ހިސާބަށް ވަޑައިގެންފާނެތީ ރައީސް ޑރ.މުއިއްޒާއި ރައީސް ޔާމީންއަށް ހަތަރުކަޅި ހަމަކޮށް ނުލެވޭނެ ވަރު ކޮށްލެއްވިއެވެ. ރައީސް ޑރ.މުޢިއްޒާއި ރައީސް ޔާމީންއަށް ފަހުން ވެސް އެއްގަލަކަށް ނޭރުއްވެވޭނެ ވަރަށް އޮބެހެއްޓިއެވެ. ޕީޕީއެމް ޕީއެންސީގެ ބިޔަ ލަޝްކަރުން ރައީސް ޔާމީންގެ ދިފާއުގައި ތެދުވިޔަ ނުދިނުމަށްޓަކައި ރައީސް ޔާމީން ޕީޕީއެމުން ވަކިކުރުވިއެވެ. އަދި މުޅި ގައުމު އޮތީ ރައީސް ޔާމީންގެ ފަހައްޕުޅުގައި ކަމަށް ރައީސް ޔާމީނަށް ވިސްނަވައިދެއްވައިގެން ރައީސް ޔާމީން ލައްވައި ޕީއެންއެފްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދެވިއެވެ. އަދި ޕީޕީއެމްގެ އޮފީސް ކުރިން ހިންގި އިމާރާތުގައި ޕީއެންއެފްގެ އޮފީސް ހިންގަމުން ދަނިކޮށް، އެ ކުޑަކުޑަ ޕާޓީގެ އޮފީސް ރައީސް ޔާމީންގެ ހަވޭލީގެ ބޭރުފެންޑާއަށް ބަދަލުކުރުވިއެވެ. ރައީސް ޔާމީނާއެކު "ފްރަންޓްއޮފީސް ޖަލްސާ" ގެ ނަމުގައި ފަނަރަވަރަކަށް މީހުން ގޮވައިގެން ރައީސް ޔާމީންގެ ހަވޭލީގެ ފެންޑާގައި ޖަލްސާ ކުރުވަން މިހާރު ޑރ.ޖަމީލް އެހުންނެވީ ރައީސް ޔާމީންގެ ފުރިހަމަ ކޮންޓްރޯލް ނަންގަވައިގެންނެވެ. ހިތުގެ އަޑިން ހީލަހީލައެވެ. މިހާރު ރައީސް ޔާމީންއެކޭ ކޮށްޓެއްގައި ބަންދުކޮށްފައި އިންނަ ގުރައެކޭ ތަފާތެއްނެތެވެ. ގުރާގެ ކޮންޓްރޯލް އޮންނާނީ ގުރާ ގެންގުޅޭ މީހާއަށެވެ. ސިޔާސީ ލީޑަރުން، ހިކުމަތްތެރިން ބަދަލު ހިއްޕަވާނީ ފިސާރި ރޭވުންތެރި ކަމާއެކުގައެވެ. ޑރ.ޖަމީލަކީ ބަދަލު ހިއްޕެވުމުގައި ރާއްޖޭގެ ސިޔާސީންނަށް ނަމޫނާ ބޭފުޅެކެވެ.