logo
ފުލުވައް ހަރުލާނެބާ
ސިޔާސީ
20 ޖޫން 2025
3 މިނިޓް
254
Post image
ކޮންމެ ތާކު ތިއްބަސް އެމްޑީޕީ އުފެއްދި މީހުން އެއްގަލަކަށް އަރާ ކަމެއް އޮވެއެވެ. ރާއްޖޭގެ މިނިވަން ކަމާއި އިސްތިގުލާލު ނަގާލާފައި ވިޔަސް ވެރިކަން ހޯދުމުގެ ސިޔާސަތެވެ. އެ ސިޔާސަތުގެ ދަށުން ތަންފީޒު ކުރަން އޮތްނަ ލަނޑުދަނޑިއެވެ. އެއީ ރާއްޖޭގެ ޒުވާން ޖީލު އ ި ސްލާމްދީނާއި ފެއަށް ޖެއްސުމާއި އެމީހަކު ބޭނުން ދީނަކަށް އުޅުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ. އިސްލާމީ ރިވެތި އާދަކާދަ ދިވެހި މުޖުތަމަޢްއިން ފުހެލު މެވެ. މި އަމާޒަށް ވާޞިލު ވުމަށް ބޭނުންވާ ފައިސާއާއި ފަންނީ އެހީތެރިކަން އަބަދުވެސް އެމްޑީއަށް އޮހެއެވެ. ނަޞްރާނީންނާއި ޔަހޫދީންގެ ފަރާ ތުންނެވެ. މަޖޫސީންނާއި ހިންދީންގެ އަތުން ވެސް މެއެވެ. ސިޔާސީ ކޯޅުމާއި ވެރިކަމުގެ ދަހިވެތި ކަމުގެ ތެރެއިން ވެސް މިކަމުގައި އެމްޑީޕީގެ ވެރިން ނަށ ަ މުން އައީ އެއްރާގަކަށް އެއްހަމައަކަށެވެ. ކިޔާނީ އެއްލަވައެކެވެ. ޖަހާނީ އެއްބެރެކެވެ. މިކަމުގައި އެމްޑީޕީން ވަނީ ވަރަށްބޮޑު ކުރިއެރުމެއް ހޯދާފައެވެ. އެއީ އެމްޑީޕީގެ ލާދީނީ ސިޔާސަތާއި ދެކޮޅަށް މަސައްކަތް ކުރަން އެފެއްދި ޕާޓީގެ ކޮންޓްރޯލް ނެގުމެވެ. މިއަދު ޢަދާލަތު ޕާޓީއަކީ އެމްޑީޕީގެ ދީނީ ގޮއްޕެވެ. އެމްޑީޕީގެ ދީނީ ގޮފިން ތަންފީޒު ކުރާނީ އެމްޑީޕީގެ ދީނީ ސިޔާސަތެވެ. 2018 އިން 2023 އަށް 5 އަހަރުގެ މުއްދަތުގައި ދިވެހިންނަށް މިވަނީ އެކަން ފެނިފައެވެ. އެމްޑީޕީން ކުރިއެއްވެސް ކަމެއް ދެއްކި އެއްވެސް ވާހަކައެއް ޢަދާލަތަށް ކަމުނުގޮސް އުޅެފައެއްނެތެވެ. ޢަދާލަތުގެ ރައީސް ހުރީ ދާޚިލީ ވަޒީރުކަން ދީފައި ގަނެލާފައެވެ. ޢަދާލަތުގެ ވަކިވަކި މީހުން އެކި އެކި އަގުގައި ތިބީ އަތްދަށު ލާފައެވެ. ތަފާތު ކުލަކުލައިގެ ޕާސްޕޯޓާއި މަގާމުތަކު ގެ ހިމަ ރޯނުން ބަދެލާފައެވެ. މިއާއެކު ވެސް ހާލަތު މިވަނީ ބަދަލުވެފައެވެ. އެމްޑީޕީގެ ސިޔާސަތު ބަދަލު ނުވިނަމަވެސް ސިޔާސަތު ހިންގުމުގައި އަމަލީ ގޮތުން އިސްކޮށް އުޅޭނެ މީހުން ކަނޑައެ ޅުމުގެ ވާދަވެރިކަމުގެ ތަޅާފޮޅުމެވެ. ވެރިކަން ކުރުމުގެ ދަހިވެތި ކަމެވެ. އާރާއި ބާރާއި ނުފޫޒު ލިބިގަތުމުގެ ވާދަވެރިކަމެވެ.
2023 ގެ ރިޔާސީ އިންތިޚާބާއި 2024 ގެ މަޖިލިސް އިންތިޚާބުގައި އެމްޑީޕީއަށް ރައްޔިތުން ވަނީ ނޫނެކޭ ބުނެފައެވެ. އެ ބުނުން ބުނުވުމުގައި އެމްޑީޕީން ނެއްޓިގަތް ފުލުވަކުގެ ދައުރ ެއް ވެސް އޮތެވެ. އެބޭފުޅާގެ އެންމެ ބޮޑު މައްސަލައަކަށް އޮތީ އެމްޑީޕީގެ ރިޔާސީ ޓިކެޓް އެހެން ބޭފުޅަކަށް ލިބުމެވެ. އަމުދުން ރ ާއްޖެތެރޭ މީހަކަށް ލިބުމެވެ. އެހެން މީހަކު ވެރިކަން ކުރާތަން ބަލަން ލަ ގޮނޑިއަށް ކެތް ނުވުމެވެ. މި ޒަމާނުގެ ބަހުރުވައިން ނަމަ ހަޖަމް ނުވުމެވެ. ރައީސް ނަޝީދު އެމްޑީޕީ ދޫކުރައްވައި ވަޑައިގަތީ އެހެންވެގެންނެވެ. އެމަނިކުފާނުގެ ބަހުރުވައިން ނަމަ އެމްޑީޕީ އަކީ ކަށި ކެޔޮ ގަނޑެކެވެ. އެމަނިކުފާނަކީ އެއިގެ ފުލުވަކެވެ. ފުލުވައް ވ ައްޓާލީމައި ކަށިކެޔޮގަނޑު ރޫޅި ވައްތައް ފައި ބައި ގަންނާނެއެވެ. އެހެން ނަމަވެސް އެމަނިކުފާނަށް އެނިގިވަޑައި ނުގަތް ކަމެއް އޮތެވެ. އެގޮތަށް ފުލުވަކުން ހިފެހެއްޓިފައި އޮންނަނީ ކަށިކެޔްގަނޑު ދޮންވީމައެވެ. ޅަކަށިކެޔ ޮ ގަނޑު ގެ ފުލުވައް ނެއްޓުމަކުން ކަށިކެޔޮގަނޑު ރޫޅިގެން ނުދާނެ ކަމެވެ. ވީވެސް އެހެންނެވެ. ދުވަސްވި ނަމަވެސް އެ ކަށިކެޔޮގަނޑު އޮތީ ޅަކޮށްނެވެ. ފާ ޑަ ކަށް ވަ ނ ދުވެފައެވެ. އެއިގައި ހަރުކަމެއް ތާޒާކަމެއް ނެތެވެ. ނަތީޖާއަކަށްވީ ފުލުވައް ނައްޓާ ލުމަކުން ކެޔޮގަނޑު ނުއެއްރޫޅ ު ނެވެ. ވަޅޯކަމާއެކު ވެސް އޮތ ީއެވެ. ޅަ ކަށިކެޔޮ ގަނޑަކުން ނައްޓާލި ފުލުވަ އް ހަރުކޮށްލަން ދެވޭނެ އިތުރު ފަރުވާއެއް އޮތްތޯ ބަލަން ފުލުވައް އެފްރިކާގެ ގާނާއަށް ފޮނުވައިގެން ވެސް ނަތީޖާއެއް ނުނިކުތެވެ. އަދި ނައްޓާލައިގެން ގެންދިޔަ ފުލުވަކާ އެއިގެ ސަބަބުން ފޭބި މަދު ވައްކޮޅު އިންދައިގެން ފެޅިގަސްވެސް ވީ ބަލި ގުރުޑު ގަހަކަށެވެ. ހެދިގަންނަ ގޮތެއްނުވިއެވެ. ރަނގަޅު މުޑުވަކެއްނޫން ވީމައެވެ. އެންމެ ފަހުން ގަހުގެ ވެރިން ގަސްކަނޑާ ބިން ސާ ފުކޮށް، ގަސް އަންދާލައިފިއެވެ. އެވަރުން ނިންމާލީއެއް ނޫނެވެ. އުނބަށްވެސް ޖެހީއެވެ.
2023 ގެ ރިޔާސީ އިންތިޚާބުގައި ރާއްޖެތެރޭ މީހަކަށް ވެރިކަން ލިބުނަ ނުދޭން ވެގެން އެމްޑީޕީން ވެއްޓިގަތް ފުލުވައް އެފްރިކާއިން ގެނެސް އަލުން މިވަނީ އިންދާފައެވެ. އެ ވައް ނައްޓާލުމުގެ ސަބަބުން ފޭބި މަދު ވައްތަކާ ވެސް އެކުގައ ި ހިމަ ރޮއްޖަކުން އައްސާލާފައެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ބައިވެރިވުމުގެ ފުރުޞަތު ލިބޭތޯ އެވެ. އިވޭ އަޑުތަކަށް ބަލާއިރު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކޮންޓްރޯލްއޮތީ ރައީސް ޞާލިހްގެ އަތުގައެވެ. ޕްރައިމަރީގައި ވާދަކުރެވޭނީ ޕާޓީއަށް ވަންނަތާ ވަކި މުއްދަތެއް ވެގެން ކަމަށް ޕާޓީގެ އަސާސީ ގަވާއިދުގައި ހިމަނާނެއެވެ. އެ މުއްދަތެއް އަންނާނެ ކަމަށް ބެލެވެނީ ރައީސް ނަޝީދު އުނބަށް ޖެއްސެވި ތާރީޚު ގެ ކުރީގެ ތާރީޚަކުން ފެށިގެންނެވެ. އެކަމަށް އެންމެ ބޮޑަށް ބާރުއަޅަނީ އެމްޑީޕީގެ ދީނީ ގޮފި ޢަދާލަތުންނެވެ. ޝެއިޚް އިމްރާނާއި ކުރީގެ ރައީސް ޞާލިހްގެ އޮފީސް ހިނގުމ ުގައި އިސްވެ ހުންނެވި ޢަލީ ޒާހިރާއި ކުރީގެ އިސްލާމިކް މިނިސް ޓަރ ޑރ.އަޙްމަދު ޒާހިރެވެ. ރައީސް ޞާލިހްގެ ރަނިންމޭޓަކަށް ގެންނަން ޝެއިޚް އިމްރާންމެން އަދާލަތަށް ގެންދިޔަ ޑރ.ޝަހީމ ް ވެސް މެއެވެ.
ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ވާދަ ނުކުރެވި، ނުވަތަ ވާދަކޮށްގެން ނެރެވޭ ނަތީޖާއަކުން ފުލުވައް އެއްސި ރޮދި އަނެއްކާވެސް ކަނޑައިގެން ދާނެއެވެ. އެހެން ނަމަވެސް އެރު އެވައް އޮންނާނީ ދުވަސް ވުމުގެ ސަބަބުން ފާވެފައެވެ. ވަސްނުބައިވެ ކައިރިވާން އުނދަގޫ ވަރު ވެފައެވެ. ކޮންމެވެސް ވަރަކަށް ކުނަމެހި ބުރާނެއެވެ. ދެން އޮތީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރިއ ަށް ވާނެގޮތެއް ބެލުމެވެ. މާލޭ ނަޝީދު އާއި ރަސްމަތިފުށު ޢަބްދުﷲ ޝާހިދާއި ހިންނަވަރު އިބޫ ވާދަކޮށް ނަޝީދަށް ކާމިޔާބު ނުވެއްޖެއްޔާ، އެހާ ހިސާބުން ފާޑަކަށް ހަރުލައްވާ ފައި އޮތް ފުލުވައް އަނެއްކާވެސް ވެއްޓޭނެއެވެ. ވެރިކަން ނުލިބުމުން ފޫކަހާފައި ހިނގައިދާނެއެވެ. ދެންއޮ ންނާނީ އެމްޑީޕީގެ ރިޔާސީ ކެނޑި ޑޭޓް ފެއިލް ކޮށޮލުމުގެ އަމަލީ މަސައްކަތް ފެށުމެވެ. އެކަމަށް ޓަކައި ރައީސް ނަޝީދު ނުފޮރުޅާނެ އެންމެ ގަލެއްވެސް ނޯންނާއެވެ. ކަނޑުތޮށީގައި ޖަހާފައިހުރި ތިން ފައިކަށިލީ ގާތައް ވިޔަސް ފުރޮޅާނެއެވެ. އެހާ ހިސާބުން، ރައީސް ނަޝީދުގެ މިތުރު ރައީސް ޔާމީންގެ ބޭރުފެންޑާ ގެ ސައްލާއިން ރައީސް ނަޝީދު ފެނުމުގެ ފުރުޞަތު ވެސް ބޮޑެވެ.