logo
އެންމެ ފުރިހަމަ ރިޔާސީ ކޮމިޝަން
ސިޔާސީ
22 ޖޫން 2025
2 މިނިޓް
307
Post image
ހ.މިޓާޒް ފުރާޅުމަތީ އޮތްވާ ފެނުނު ޒުވާން އަންހެނެއްގެ މައްސަލާގައި، އެކަމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ކަންތައްތަކެއް އޮޅުވާލި ކަމަށް ނުވަތަ ސިއްރު ކުރާކަމަށް ބުނެ މާލޭގައި ހަމަނުޖެހުން ހިންގަން ބަޔަކު މަސައްކަތް ކުރިއެވެ. ޒުވާނުންގެ ނަމުގައި ބަޔަކު ނިކުމެ އާއްމު ދަތުރުފަތުރަށް ހުރަސްއަޅައި މާލޭގައި އެއްވުން ތަކެއްވެސް ބޭއްވިއެވެ. ޒުވާނުންގެ މުޒާހަރާގެ ނަމުގައި މާލޭގެ މަޖީދީމަގުގައި ހިންގި އެހަރާކާތް އެންމެ ފަހުން އެމްޑީޕީން ސްޕޮންސަރ ވެސް ކުރިއެވެ. އެހާހިސާބުން އެ ހަރަކާތް ބަދަލު ވެގެން ދިޔައީ ކުޅިވަރު ކާނިވަލަކަށެވެ. އާއްމު ދަތުރުފަތުރަށް ހުރަސްއަޅައި މަގުމަތީގައި ޓީޓީ ކުޅުމާއި ތާްކުޅުމުގެ އިތުރުން ބޮޑުބެރުވެސް ޖަހަން ފެށީއެވެ. އެމްޑީޕީގެ ރައީސް އިބޫ ފެކްޝަނުން މުޒާހަރާގައި އަމަލީގޮތުން ބައިވެރި ވެސް ވިއެވެ. އެމީހުންނަށް ވީ ވަރަކުންނެވެ. މިހާރުގެ އެމްޑީޕީގެ ސައިޒުން ބަލާއިރު ގިނަޔަކު ބައިވެރި މި މުޒާހަރާގައި އާއްމުކޮށް ކޮންމެ ރެއަކުވެސް އެމްޑީޕީގެ ރީނދޫ ދިދަ ހިފައިގެން 12 ވަރަކަށް މީހުން ދިޔައީ ބައިވެރިވަމުންނެވެ. ނަމަވެސް އެ މުޒާހަރާއަކީ މިހާތަނަށް މާލޭގައި ބޭއްވުނު އެންމެ ވަނދު މުޒާހަރާއެވެ.
އެ ޒުވާނާގެ މައްސަލަ އެމްޑީޕީ މީހުން ސިޔާސީ ކުޅިގަނޑަކަށް ހަދަން ވަރަށް މަސައްކަތް ކުރިއެވެ. އީވާން ނަސީމުގެ މައްސަލައާއި ރިޟްވާން އަދި ޔާމީން ރަޝީދުގެ މައްސަލައިގައި ކުޅުނުފަދަ ޑްރާމާތަކެއް ކުޅެން އެމްޑީޕީން ވަރަށް ހިތްވަރު ކުރިއެވެ. އެ ހުރިހާ މަރެއްގެ މައްސަލަ ބަލައި އެއާއިލާތަކަށް އިންސާފު ހޯދައި ދޭނެކަމަށް ބުނެ މާލޭއާއި ރާއްޖެ ތެރޭގައި ލައްކަ ޑްރާމާ ކުޅުނެވެ. ވެރިކަމަށް އާދެވި އާރާއި ބާރު ލިބުނު ހިނދު ކީހާޅެން ފައްރިއްސައްވެގެން ނިމުނީއެވެ.
އެމްޑީޕީން ދެމި ގުއިރޯނުގައި މި ސަރުކާރެއް ނުޖެހުނެވެ. ރައީސް ޑޮކްޓަރ މުޢިއްޒުގެ ހިކުމަތު އަމަލީ އާއި ރޭވުންތެރިކަން އެމްޑީޕީގެ ވެރިނންނަށް ވުރެން ހާސްބައި މިފަހަރު ބޮޑެވެ. ޒުވާނުންގެ ނަމުގައި އެމްޑީޕީން ކުރި މުޒާހަރާވެސް ވީ ހުދު ކާފޫރަށެވެ. ރައީސް ޑޮކްޓަރ މުޢިއްޒު އިސްކުރެއްވީ ދެފުށް ފެންނަ ސިޔާސަތެވެ. އެމްޑީޕީގެ ދެފުށްފެންނަ ސިޔާސަތުގައި ގޮތަށް މާތީ ފުށާ ދަށްފުށެއް ނޫނެނެވެ. އެތެރެފުށާއި ބޭރު ފުށެވެ. މަޝްހޫރު ގާނޫނީ ވަކީލް، ކުރީގެ ބަންޑާރަ ނައިބު ޑޮކްޓަރ މުޙައްމަދު މުނައްވަރު ރައީސަކަށް ހުންނަވާ ގޮތަށް އެކުލަވާލެއްވި ރިޔާސީ ކޮމިޝަނަކީ މިހާތަނަށް ރާއްޖޭގައި އެކުލަވާލުވުނު އެންމެ ފުރިހަމަ އަދި ހަވާލު ކުރެއްވު މަސައްކަތް ނިންމާ ނަތީޖާއެއް ނެރެދެވުނު ހަމައެކަނި ކޮމިޝަނެވެ. ކޮމިޝަންގެ މަސައްކަތް ނިންމާ ނެރުނު ރިޕޯޓް، އެއިން އެއްވެސް ބަޔަކަށް އުނިއިތުރެއް ގެނައުމަކާ ނުލާ އާންމު ކުރުމުން އެނގިގެން ދިޔައީ ރައީސް ޑޮކްޓަރ މުޢިއްޒަކީ މިޒާތުގެ ކަންކަން ސިއްރު ކުރައްވާނެ ބޭފުޅެއް ނޫންކަމެވެ. ކަމުގެ ހަގީގަތް ހާމަ ކުރައްވާނެ ކަމެވެ. އެއީ މިހާތަނަށް އެގޮތަށް އާއްމު ކުރެވުނު ހަމައެކަނި ރިޕޯޓެވެ.
ޒުވާނާ ވެއްޓުނު މައްސަލައިގެ ތަހުގީގުގެ ކަންކަން ހިނގާދިޔަގޮތް ބަލަން ކޮމިޝަނުން ކުރި މަސައްކަތުން އެނގިގެން ދިޔައީ އެ ޒުވާނާއަށް ދިމާވި ކަންކަން އެގޮތަށް ދިމާވީ އެމްޑީޕީގެ ޒުވާނުންގެ ސިޔާސަތު ތަންފީޒު ކުރުމުގެ ތެރެއިން ކަމެވެ. ބިރަކާ ނުލާ މަޖާ ކުރުމުގެ ތެރެއިން މާބޮޑަށް މަޖާވީއެވެ. ހުރިހާ އެންމެން އަބަދަކު ހަމަހޭގައި ތިބެން ނުޖެހޭނެ ކަމަށް އެމްޑީޕީން ބުނެފައިވާ ބުނުމަށް އެ ޒުވާނުން މާބޮޑަށް ހެއްލުމުގެ ނަތީޖާއެވެ. ކޮންމެ ހެއްލުމަކީ ގެއްލުމެއްކަން އެ ޒުވާނުންނަށް ނޭގުނީއެވެ.